މެޓް ގާލާ 2026 މެއި މަހުގެ 4 ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިއަހަރުގެ ތީމަކީ "ކޮސްޓިއުމް އާޓް" އެވެ. އަދި ހެދުން އެޅުމަށް ކަނޑައެޅިފައިވާ "ޑްރެސް ކޯޑް" އަކީ "ފެޝަން އިޒް އާޓް" އެވެ.
ކަރަން ޖޯހަރް އާއި ދީޕިކާ ޕަދުކޯން މިއަހަރުގެ މެޓް ގާލާގައި ބައިވެރިވާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ކަރަން ޖޯހަރް މި ހަފްލާގައި ބައިވެރިވާނެ އެވެ. ނަމަވެސް ދީޕިކާ މިފަހަރުގެ ހަފްލާއިން ނުފެންނާނެ އެވެ. މިއީ ކަރަން ޖޯހަރް މެޓް ގާލާގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ދީޕިކާ މިވަގުތު ހުރީ އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގްއާއެކު ޗުއްޓީއެއްގަ އެވެ.
ދީޕިކާ އާއި ރަންވީރުއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރުން
ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވަނީ އެމީހުނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ. އެމީހުން ހިއްސާކުރި ފޮޓޯއިން ފެންނަނީ އެމީހުންގެ ދަރިފުޅު 'ދުއާ' ޕޮޒިޓިވް ޕްރެގްނަންސީ ޓެސްޓް ކިޓެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނީގެ ގޮތުން ގުޅުނީ 14 ނޮވެމްބަރު 2018 ގައި އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. މި ކައިވެނީގެ ތެރޭގައި ދީޕިކާގެ ކޮންކަނީ ސަގާފަތާއި ރަންވީރުގެ ސިންދީ ސަގާފަތާ އެއްގޮތަށް ދެ ރަސްމިއްޔާތެއް ބޭއްވުނެވެ.
މި ދެމަފިރިން ފުރަތަމަ ބައްދަލުވީ 2013 ވަނަ އަހަރު "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ" ގެ ސެޓުންނެވެ. އެތައް އަހަރެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، 2015 ވަނަ އަހަރު އެންގޭޖްވެ، 2018 ވަނަ އަހަރު ކައިވެނީގެ ކުރިން އެ ގުޅުން އާންމުކުރި އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 8 ސެޕްޓެމްބަރު 2024 ގައެވެ.
މެޓް ގާލާ 2026 ކޯ-ޗެއާ ކުރަނީ ބިޔޯންސޭ، ނިކޯލް ކިޑްމަން، ވީނަސް ވިލިއަމްސް އަދި އެނާ ވިންޓޯ އެވެ. މީގެ އިތުރުން ލީސާ ހޯސްޓް ކޮމިޓީގައި ހިމެނިގެންދާ މި ހަފްލާއަކީ ތަރިން ފުރިފައިވާ ވަރަށް ހާއްސަ ރެއަކަށް ވެގެންދާނެ އެވެ.
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
މަސައްކަތްތެރިންގެ ކަންބޮޑުވުންތައްފާޅުކޮށް އެއްވުމެއް ބާއްވައިފި