ހަކުރު ބައްޔަކީ އާންމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާރު ކުޑަކުދިންނަށް ވެސް ޓައިޕް 1 އަދި ޓައިޕް 2 ހަކުރުބަލި ޖެހެމުންދާ މިންވަރު ދަނީ އިތުރު ވަމުންނެވެ.
ޕޫނޭގެ ކޮންސަލްޓަންޓް ޕީޑިއެޓްރިކް އެންޑޮކްރިނޮލޮޖިސްޓް ޑރ. ސަޖިލީ މެހްތާ ވިދާޅުވާ ގޮތުގައި ސަބަބެއް ނެތި ކުއްޖާގެ ހަށިގަނޑުން މި ބަލީގެ އަލާމާތްތައް ފެންނަ ނަމަ ބެލެނިވެރިން ސަމާލުވާންޖެހެއެވެ.
ސަމާލުވާންޖެހޭ 5 އަލާމާތެއް!
ގިނަގިނައިން ކުޑަކަމުދިއުން
އާންމުކޮށް ފާޚާނާއަށް ދާ ވަރަށްވުރެ ގިނައިން ދިއުމާއި، ރޭގަނޑު ހޭލައި ފާހާނާއަށް ދިއުން ނުވަތަ ކުރިން ހުއްޓިފައިވާ އެނދުގައި ކުޑަކަމުދިއުމުގެ އާދަ އަލުން ފެށުން.
މާ ގިނައިން ފެންބޮވުން
24 ގަޑިއިރު ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ފެން ބުއިމާއި، ފެން ބޮވައިގަނެގެން ނިދިން ހޭލެވުމަކީ ވެސް ހަކުރު ބަލީގެ އަލާމާތަކަށް ވުން ގާތެވެ.
ބަރުދަން ލުއިވުން
ރަނގަޅަށް ކައިބޮއި އުޅޭއިރު ވެސް، އިންސުލިން މަދުވުމުގެ ސަބަބުން ހަށިގަނޑުގެ ސަރުބީއާއި މަސްތައް ވިރި ބަރުދަން ލުއިވުން.
އާދަޔާ ހިލާފަށް ވަރުބަލިވުން
ހަށިގަނޑަށް ގްލޫކޯޒް ރަނގަޅަށް ބޭނުން ނުކުރެވޭތީ ކުޅުމާއި ހަރަކާތްތެރިވެ އުޅެން ފޫހިވުމާއި، ކިޔެވުމަށް ސަމާލުކަން ދޭން އުނދަގޫވެ ވަރުބަލިވެފައި ހުރުން.
ލޮލުގެ ފެނުން ފުސްވުން
ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ވަގުތީ ގޮތުން ލޮލުގެ ފެނުން ފުސްވެ ސްކޫލާއި އެހެނިހެން ތަންތަނުގައި ފެނުން ފުސްވާ ކަމުގެ ޝަކުވާ ކުރުން
.މި އަލާމާތްތަކުގެ ތެރެއިން އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ލޭގެ ހަކުރު ޓެސްޓު ހަދައި ޑޮކްޓަރަށް ދައްކަންޖެހެ އެވެ. ފަރުވާ ނުދެވި ލަސްވެއްޖެނަމަ، ލޭގައި އެސިޑް ގިނަވެ ފުރާނައަށް ނުރައްކާވާ "ޑަޔަބެޓިކް ކީޓޯއެސިޑޯސިސް" މެދުވެރި ވެދާނެ އެވެ. ނަމަވެސް އަވަހަށް ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ، ކުދިންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ އެވެ.
ސައިފްއަށް މަރުގެ އިންޒާރެއް، ފުލުހުންގެ ތަހުގީގު ކުރިއަށް!
އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭނީ ޕީއެންސީއާއި އެމްޑީޕީއަށް
ހުޅުޖަހަން ގޮވި ޒިހާންގެ ބަންދަށް އަނެއްކާވެސް 16 ދުވަސް