އީރާނުގެ އަސްކަރިއްޔާއާ މަޝްވަރާކުރުމަށްފަހު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ މިއަދު ވިދާޅުވީ، އީރާނުގެ ކަނޑުގެ ސިފައިންނާ ގުޅިގެން މަސައްކަތްކުރާ ހުރިހާ އުޅަނދުފަހަރަކަށް ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށެވެ.
އަރަގްޗީ މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ފެށި ބްރިކްސް ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ދެ ދުވަހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މި އިއްތިހާދުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، މި ބައްދަލުވުމަކީ ނުހަނު މުހިންމު ބައްދަލުވުމެކެވެ.
ސަބަބަކީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ބޮޑޫވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސިއްރު ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތްކުރައްވާފަ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން 2020 ވަނަ އަހަރު ގުޅުން ގާއިމުކުރި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަނީ ވަރުގަދަވެފަ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ކަނޑުއޮޅި ބަންދުވެދާނެ ކަމުގެ ބިރު އޮތް މި ވަގުތުގައި އަރަގްޗީގެ ވާހަކައިން އެނގެނީ އީރާނުގެ އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން ދަތުރުކުރާ އުޅަނދުތަކަށް އެ ފުރުސަތު އޮތް ކަމެވެ.
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!