ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކާއެކު ފީފާ ވޯލްޑް ކަޕްގައި މިއަދު އަލްޖީރިއާ އަތުން 3-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. މި މެޗުގައި ޖެހި ލަނޑުތަކާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
މިއީ މެސީ ،38، ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗެވެ. އަދި މިއީ ވޯލްޑް ކަޕެއްގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ.
މެސީގެ ހެޓްރިކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 16 ލަނޑު ހަމަކޮށް، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ޖަރުމަންގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި މެސީގެ ފުރަތަމަ ލަނޑު ޖެހީ 17 ވަނަ މިނިޓުގަ އެވެ. އަދި ފަހު ހާފުގައި އިތުރު ދެ ލަނޑު ޖަހައި، އޭނާ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.
މެސީ އަކީ ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އެހެން ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ރެކޯޑާ އެއްވަރުކުރުމުގެ ފުރުސަތު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ ގޯލްކީޕަރު ގުއޭމޯ އޮޗޯއާއަށް އެބައޮތެވެ.
މެސީގެ ފުރަތަމަ ވޯލްޑް ކަޕަކީ 2006 ވަނަ އަހަރު ޖަރުމަންގައި އޮތް މުބާރާތެވެ. އެ މުބާރާތުގައި މެސީ ކުޅުނުއިރު އޭނާގެ އުމަރަކީ 18 އަހަރެވެ.
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް