ރިއޯ (11 މެއި) - ބްރެޒިލްގެ ރިއޯގައި އެސްޓްރާޒެނަކާ ކޮވިޑް ވެކްސިން ޖެހި މާބަނޑު އަންހެނަކު މަރުވުމާ ގުޅިގެން އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި މާބަނޑު އަންހެނުންނަށް ވެކްސިން ޖެހުން މެދުކަނޑާލައިފި އެވެ.
މިނިންމުމަކީ މާބަނޑު އަންހެނުނަށް ވެކްސިން ދިނުމުގައި ހުރި ނުރައްކަލުގެ އިންޒާރު ބްރެޒިލްގެ ހެލްތު އެޑްވައިޒަރު ދިނުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
ވެކްސިންގެ ސަބަބުން މާބަނޑު އަންހެނަކު މަރުވި ހާދިސާއެއް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބްރެޒިލްގެ އިދާރާތަކުން ބުނާއިރު އެ ގައުމުގެ ސިއްހީ ވުޒާރާގެ ބަހެއް މިކަމުގައި މިހާތަނަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ބްރެޒިލްގެ ދައުލަތުގެ ސިއްހީ އިދާރާއަކާ ގުޅިގެން އެސްޓްރާޒަނަކާ ވެކްސިން އެ ގައުމުގައި އުފައްދަމުން އަންނައިރު އެ އިދާރާގެ ބަހެއްވެސް އަދި ނުލިބެ އެވެ. --އަލް އަރަބިއްޔާ
ކޮންމެ އުޅަނދަކުން 2 މިލިއަން ޑޮލަރު އީރާނަށް ދައްކަން ޖެހޭ
މޫދަށް ވައްޓާލައިގެން ލިޓަން މަރާލި ނިޒާމް އުމުރަށް ޖަލަށް
އެމްޕީއެލްގެ ސީއީއޯ ކަމަށް ޝަފީގު އައްޔަންކޮށްފި