އެންމެ ފަހުގެ އައިފޯންގެ ޕްރީ ބުކިންއަށް ޓެކްމޯ މޮބައިލްއިން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޮބައިލް ފޯނުގެ ވިޔަފާރިކުރާ ޓެކްމޯ މޮބައިލް އިން ވަނީ އެޕަލް އިން އަލަށް ނެރުނު އައި ފޯނުގެ މޮޑެލްތަކުގެ ސްޓޮކް މިހާރު މާލެ ގެނެސްފަ އެވެ.
ޓެކްމޯ މޮބައިލްގެ އޮފިޝަލަކު ވިދާޅުވީ އަލަށް ނެރުނު އައިފޯނު ގަތުމަށް ޕްރީ ބުކިންސް ހަދާ ކަސްޓަމަރުންނަށް ފޯނު ދޫކުރާނީ މިމަހުގެ 25 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި ޓެކްމޯ މޮބައިލް މި ފޯނުތައް ވިއްކަނީ އެޕަލް 1 އަހަރުގެ ވޮރަންޓީ އާއެކު ފިޒިކަލް ސިމް އަދި އީ ސިމް ބޭނުން ކުރެވޭ ސިންގަޕޯ ރީޖަން މޮޑެލްގެ ފޯނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޕަލް އިން އަލަށް ނެރުނު އައި ފޯނުގެ މޮޑެލްތައް ޓެކްމޯ މޮބައިލް އިން ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރީ ބުކިން ހަދަން ގުޅަން ޖެހޭނީ 7773648، 9998404 އަށެވެ.
ޓެކްމޯ މޮބައިލް އަކީ ރާއްޖެއަށް ކޮންމެ އަހަރަކު ވެސް އައިފޯނު އެންމެ ފުރަތަމަ ގެނެސް ވިއްކާ އެއް ފަރާތެވެ. ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ މި ފިހާރައިން އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ކަސްޓަމަރުންނަށް މި އުފާވެރި ހަބަރު ގެނެސްދޭން ތިބީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށް ވެސް ޓެކްމޯ މޮބައިލްގެ އޮފިޝަލް ވިދާޅުވި އެވެ.
ޓެކްނޮލޮޖީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އެޕަލްއިން އެންމެ ފަހުގެ އެންމެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ރަސްމީކޮށް މާކެޓަށް ނެރުނީ މިމަހުގެ 18 ގަ އެވެ.
އެލުމިނިއަމް އަދި ބެކް ގްލާސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ފޯނުތައް ލިބެން ހުންނަނީ ޖުމްލަ ހަތަރު ކުލައެއްގަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި މަޑު ނޫކުލައެއް ކަމަށްވާ "ގްލޭސިއާ" އަދި ލޮއި ރަތް ކުލައެއް ކަމަށްވާ "ބާގަންޑީ" ހިމެނެ އެވެ.
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ޖޫރިމަނާ ނުދެއްކުނު
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟