މިޑް އިންޑިއަން ރިޖް ސަރަހައްދަށް މިއަދު 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
މެޓުން ބުނި ގޮތުގައި، މިޑް އިންޑިއަން ރިޖް ސަރަހައްދަށް މިއަދު ހަވީރު 4:28 ހާއިރު ބިންހެލުން އައިސްފައިވާއިރު، އެއީ އައްޑޫ ސިޓީއާ 1245 ކިލޯމީޓަރު ދުރުން ރެކޯޑު ކުރެވުނު ބިންހެލުމެކެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ވެސް މެޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ ބުދަ ދުވަހު ވެސް ވަނީ ޗާގޯސް އާކިޕެލަގޯ ރީޖަނަށް 5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެއީ އައްޑޫއާ 833 ކިލޯމީޓަރު ދުރަށް އައި ބިންހެލުމެކެވެ. އެ ބިންހެލުމުގެ ސީދާ އަސަރު ވެސް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން އޭރު ވެސް ބުނެފައިވެ އެވެ.
ޗާގޯސް ސަރަހައްދަކީ އާންމުކޮށް ވެސް ބިންހެލުން އަންނަ ސަރަހައްދެކެވެ.
ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހައިކޯޓް މެދުވެރިކޮށް: ފަޒާދު
ނާގޮށި ނިންމައި އަހަރެއް ތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން
ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓްގައި ބީއެމްއެލް