ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް ސޮއި ނުކުރެއްވުމާ ގުޅިގެން، ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ސަފީރު އެ މަގާމުން ވަކި ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޕީއެންސީއަށް ސޮއި ކުރައްވަން އިންކާރު ކުރެއްވުމާ ގުޅިގެން އޭނާ މަގާމުން ވަކި ކުރަން ނިންމާފައިވާކަން ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި، ވެރިކަން ހިންގާ ޕާޓީއަށް ސޮއި ކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އެމްބެސަޑަރުންނަށާއި ޑިޕްލޮމޭޓުންނަށް އަންގާފަ އެވެ.
ސަރީރަކީ ދިވެހިރާއްޖޭގެ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ.
އޭނާ ވަނީ މީގެ ކުރިން އެމެރިކާއާއި ބަންގްލަދޭޝްގެ ސަފީރުކަމުގެ އިތުރުން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ބީއެމްއެލް އިން 25،000ރ. ލިބޭ ޕްރޮމޯޝަނެއް
ޑައިވިނަށް ދިޔަ ބޭރުގެ ޑައިވަރުންތަކެއްގެ ދެމެދު ހަމަނުޖެހުމެއް
އީރާން ހަނގުރާމައަށް އުންމީދު އެބައޮތް: ޔޫއޭއީ
