ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ)އަށް ހަމައެކަނި ސަބްސްކްރައިބްކޮށްލައިގެން އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މި އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރުގެ ކުރިން މި ލިންކު މެދުވެރިކޮށް ސައިން-އަޕް ކުރުމަށްފަހު ޕްރޮފައިލް ވެރިފައިކުރުމުން މި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި، ގުރުއަތުން ހޮވޭ އެއް ނަސީބުވެރި ފަރާތަކަށް މި ހާއްސަ އިނާމު ލިބިގެންދާނެ އެވެ.
މިއީ އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތެއްގެ އިތުރުން ޑީޖީޖީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފޯރިގަދަ ގޭމިން މުބާރާތްތަކުގައި ވާދަކުރުމަށާއި، ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމުގެ ދޮރު ތަނަވަސްވެގެންދާނެ ކަމެކެވެ. މި މުބާރާތްތަކާއި ހަރަކާތްތައް މެދުވެރިކޮށް ގޭމިން ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ދިވެހި ގޭމް ކުޅުންތެރިންގެ މުޖުތަމައުގެ ތެރޭގައި އަމިއްލަ ހުނަރު ދައްކާލުމަށް އަގުހުރި ފުރުސަތުތައް ލިބިގެންދާނެ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ
ރަސްމާލޭގެ ދުސްތޫރީ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ
އެންޑީއެމްއޭގެ ސީއީއޯ ހިސާން މަގާމުން ވަކިކޮށްފި
