ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން އޭނާގެ ބަލިހާލަތުގެ ސަބަބުން ސްޓޭޖާ ދުރުގައި ހުރުމަށްފަހު އަލުން ސްޓޭޖަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.
ނާރުގެ ނުވަތަ މަސްތަކުގެ ހަރަކާތްތަކަށް އަސަރުކުރާ ބައްޔެއް ކަމަށްވާ "ސްޓިފް-ޕާސަން ސިންޑްރޯމް" ޖެހިފައިވާކަން 2022 ވަނަ އަހަރު އެނގުމާ ގުޅިގެން، އޭނާއަށް ވަނީ ގިނަ ކޮންސެޓްތަކެއް ކެންސަލްކޮށް ލަވަކިޔުމާވެސް ދުރަށްދާން ޖެހިފަ އެވެ.
އުމުރުން 58 އަހަރުގެ ކެނެޑާގެ ލަވަކިޔުންތެރިޔާ ޕެރިހުގައި ބާއްވާ ކޮންސެޓް ސިލްސިލާ ފަށާއިރު، މިއީ އޭނާގެ ބަލިޙާލަތަށްފަހު ބާއްވާ ފުރަތަމަ ފުރިހަމަ ކޮންސެޓެވެ.
ޕެރިހުގެ ޕްލެނިޓިއުޑް އެރީނާގައި ބާއްވާ މި ކޮންސެޓްތަކަށް 30,000 އަށްވުރެ ގިނަ ސަޕޯޓަރުން ހާޒިރުވާނެ ކަމަށް ލަފާކުރެވެ އެވެ.
މި ޝޯތަކުގެ ޓިކެޓް ވިކި ހުސްވެފައި ވާއިރު، ރީސޭލް ޓިކެޓްތަކުގެ އަގުތައްވެސް ވަރަށް މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ހުށަހަޅައިދިން ހިތްގައިމު ހުށަހެޅުމަކީ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހައިރާންކަމަކާއި އުފަލެކެވެ.
އެހެން ކަމުން މިފަހަރުގެ މި އެނބުރި އައުމަކީ ވެސް ސަޕޯޓަރުންގެ ހިތްތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވާފައިވާ ކަމެކެވެ.
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފި
ފުނަދޫގައި 4 ގެޔަކަށާއި 5 ގަރާޖަށް އަލިފާނުގެ އަސަރުކޮށްފި