ދިވެހި ސިނަމާގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ އައު ފިލްމު "މަޖުނޫން"ގެ އޮފިޝަލް ޓްރެއިލާ އާއްމު ކުރުމާއެކު، ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް އިންތިޒާރު އިންތިހާއަށް ބޮޑުވެ ނަހުލާގެ ޖާދޫގައި އަނެއްކާ ވެސް ގިނަ ބަޔަކު ޖެހިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އިވެންޓެއްގައި ރިލީޒްކުރި މި ޓްރެއިލާ ފެށިގެން ދަނީ ފިލްމުގެ ލީޑު އެކްޓަރު އަހްމަދު ޝާރިފްގެ ހިތްދަތި، އަދި އެހާމެ އަސަރުން ފުރިގެންވާ އަޑުން އިއްވައިދޭ އަސަރުގަދަ ބައިތަކުންނެވެ.
"މަޖުބޫރު ހިތުގެ ޚިޔާލުގާ، 'މަޖުނޫނު' ފަދައިން ވޭނުގާ، މަހުބޫބް ދެއްވި އަޒާބުގާ، މަރުނޫން އެހެން އަސަރެއް ނެތޭ."
ޖަޒުބާތީ މަންޒަރުތަކާއި ފުން ލޯބިމުޅި ޓްރެއިލާއަށް ބަލާލުމުން ފެނިގެންދަނީ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި އަދި އެހާމެ ވަރުގަދަ ޖަޒުބާތީ މަންޒަރު ތަކެކެވެ.
ލޯބީގެ އުފާވެރި ކަންކަމުގެ އިތުރުން، ވަކިވުމުގެ ވޭނާއި، ހިތްދަތިކަން ކޮންމެ މަންޒަރަކުންވެސް ސިފަވެގެންދެ އެވެ. ޓްރެއިލާގެ ކޮންމެ މަންޒަރަކުންވެސް ބެލުންތެރިންގެ ގައިން ހީބިހި ނަގުވައިލާ ފަދަ ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، މިއީ އަސަރުގަދަ ޑްރާމާއަކަށް އިންތިޒާރުކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.
ނަހުލާގެ އިރުޝާދުގެ ދަށުން، ޑައިރެކްޓަރު މުޙައްމަދު ފައިސަލް ކޮށްފައިވާ މޮޅު މަސައްކަތުން، މި ފިލްމުގައި ހިމެނޭ ތަރިންގެ ފަރާތުން ފެންނަނީ އެކްޓިންގެ މުޅިން ތަފާތު "އެހެން ލެވެލް" އެކެވެ. ޓްރެއިލާއިން ދައްކައިދޭ އެކި ކަހަލަ އުނދަގޫ ޖަޒުބާތުތައް ތަރިން ކުޅެދީފައިވަނީ އިންތިހާ ހުނަރުވެރިކަމާއެކުގަ އެވެ.
ޓްރެއިލާގެ ބެކްގްރައުންޑް މިއުޒިކާއި، ފިލްމުގެ ސައުންޑްޓްރެކްގެ ގޮތުގައި ހިމެނޭ ލަވަތަކަކީ އަޑު އަހާލަން ފަސޭހަ، އެހާމެ ހިތްގައިމު އަދި އަސަރުގަދަ ރާގުތަކަކަށް ތައްޔާރު ކޮށްފައިވާ ލަވަތަކެކެވެ. މިއީ ފިލްމުގެ އަސަރު މެކުހަށް ޖައްސައިދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ ކަމެކެވެ.
މި ޓްރެއިލާއަށް އާންމުންގެ ފަރާތުން ލިބެމުންދާ ހީވެސް ނުކުރާ ފަދަ ބޮޑު ތަރުހީބާ މެދު ފިލްމުގެ ޓީމުން ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ 26 އޮކްޓޯބަރު 2026ގަ އެވެ.
ގެއްލުންހުރި ބާވަތްތައް އިސްތިހާރު ނުކުރަން ބޮލީވުޑަށް ގޮވާލައިފި
ބްރިޖްގައި އެކްސިޑެންޓެއް، އެކެއްގެ ފައިގެ ކަށިމަތި ފަޅައިގެން!
ކަނޑުގެ 500 މީޓަރު އަޑިން ފެން ނަގަން ސާވޭކޮށްފިން: ފަހުމީ