ސިހުރު ހަދާކަމުގެ ތުހުމަތުގައި ތ. ވަންދޫގެ މުދިމަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހަވީރު 18:05 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި 61 އަހަރު ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފިރިހެން މީހާއަކީ އެ ރަށުގެ ވަގުތީ މުދިމެކެވެ.
ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި
ގުޅިފަޅުގެ ފެނާއި ނަރުދަމާ އަޅަން އެމްޓީސީސީއާ ހަވާލުކުރަނީ
ރިސޯޓެއްގެ ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަނަށް އަނިޔާވެއްޖެ