ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުން އޮތް މިންވަރާ މެދު މިނިވަން އާންމު ތަހުގީގެއް ހިންގުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 100،000 އަށް ވުރެ އިތުރުވެއްޖެ އެވެ.
އިނގިރޭސި ޕާލަމެންޓުގެ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން، އާންމުން ހުށަހަޅާ އޮންލައިން ޕެޓިޝަނެއްގައި 100،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިނަމަ، އެ މައްސަލައަކާ މެދު ޕާލަމެންޓުގައި ބަހުސްކުރުމާ މެދު ގޮތެއް ނިންމަންޖެހެ އެވެ.
މި ޕެޓިޝަނަކީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގައި އިނގިރޭސި ސަރުކާރުން އަދާކޮށްފައިވާ ދައުރު ހާމަކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މީގެ އިތުރުން މި މައްސަލައިގައި ވަޒީރުންނާއި އިސް ވެރިންނާ ސުވާލުކުރުމުގެ ބާރު ލިބިގެންވާ މިނިވަން ތަހުގީގީ ކޮމިޝަނެއް އުފެއްދުމަށް ވެސް ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.
ޕާލަމެންޓުގެ ކުރީގެ މެންބަރު ޖެރެމީ ކޯބިން ވިދާޅުވީ، 100،000 މީހުން ސޮއިކުރުމުން އެނގެނީ އިނގިރޭސިވިލާތުގެ ބައިވެރިވުމުގެ ހަގީގަތް ބަލަން އާންމުން ބޭނުންވާ މިންވަރު ކަމަށެވެ. އަދި ސަރުކާރުން ފޮރުވާނެ ކަމެއް ނެތްނަމަ، މި ތަހުގީގަށް ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ޕާލަމެންޓުން މިކަމަށް އަވަސް ބަހުސެއް ތާވަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި
500،000ރ. އާ ހަމައަށް ބަދަލު ދެވޭ ގޮތަށް އަބުރުގެ ދައުވާ ބިލެއް