ބެލެނިވެރިންގެ ބައްދަލުވުންތަކަށް އެއް ސްކޫލަކަށް ދާތާ 30 އަހަރު ވެއްޖެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފް މި ބީދައިން ވާހަކަ ދައްކާފައިވަނީ އަންހެނުން ކަރީނާ ކަޕޫރުއާއެކު ނެޓްފްލިކްސްގެ ޓޯކް ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ ޝޯ"ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އެވެ.

ޝޯގެ ތެރެއިން ވާހަކަ ދައްކަމުން ސައިފް ބުނީ އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ ޕީޓީއޭ ބައްދަލުވުމަށް ދިޔައިރު އޭނާގެ ޢުމުރަކީ އެންމެ 20 އަހަރު ކަމަށާއި މިއަދު އޭނާގެ އުމުރުން 55 އަހަރުވީއިރުވެސް ހަމަ އެއް ސްކޫލެއްގައި އެ ބައްދަލުވުންތަކަށް ދާން ޖެހިފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް، އެ ސްކޫލުގައި އަހަރެންގެ ހަތަރު ކުދިން އެކި އުމުރުފުރާ ތަކުގައި އެބަތިބި. އަހަރެންގެ އުމުރުން 20 އަހަރުގައި ފުރަތަމަ ޕީޓީއޭ ބައްދަލުވުމަށް ދިޔައިން. ދެން ޢުމުރުން 30 އަހަރުގައި ދިޔައިން. މިހާރު ޢުމުރުން 55 އަހަރުވިއިރުވެސް އަދިވެސް ހަމަ އެ ސްކޫލުގައި އެ ހަރަކާތުގައި ބައިވެރިވަން. އެތަނުގެ ޓީޗަރުން ބަދަލުވެއްޖެ، ނަމަވެސް އަދިވެސް ހަމަ އަހަރެން މިހުރީ އެގޮތުގައި،" ސައިފް ކިޔައިދިނެވެ.

ސައިފްއަކީ ޖުމްލަ ހަތަރު ކުދިންގެ ބައްޕަ އެކެވެ. އޭނާގެ ކުރީގެ އަންހެނުން އަމްރިތާ ސިންގްއަށް އިބްރާހީމް އަލީ ހާން އަދި ސާރާ އަލީ ހާން ލިބިފައިވެ އެވެ.[

އޭގެ އަހަރުތަކެއް ފަހުން މިހާރުގެ ކައިވެންޏަށް އޭނާއަށް ވަނީ ދެ ފިރިހެން ކުދިން ކަމަށްވާ ތައިމޫރު އަދި ޖެހަންގީރު ލިބިފަ އެވެ.