ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު މެޑިކަލް ޑްރާމާ ސިލްސިލާ "ގްރޭސް އެނަޓޮމީ"ގެ ޔުނިވެސް އިތުރަށް ފުޅާކޮށް އާ ސްޕިން-އޮފް ސީރީޒެއް ޓެކްސަސްގައި އުފެއްދުމަށް ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އޭބީސީ އިން މި އާ ސިރީޒް ގެނެސްދިނުމަށް އޯޑަރު ދީފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
މި އާ ސިރީޒްގެ ވާހަކަ ބިނާ ކޮށްފައިވަނީ ހުޅަނގު ޓެކްސަސްގެ އަވަށްޓެރި، އާއްމު ހިދުމަތްތައް ލިބުން ދަތި އަދި މެޑިކަލް ފެސިލިޓީތައް މަދު ސަރަޙައްދެއްގެ މެޑިކަލް ސެންޓަރެއްގެ މައްޗަށެވެ.
އަސްލު ސިރީޒް އުފެއްދި ޝޮންޑާ ރައިމްސްއާއި މިހާރުގެ ޝޯވްރަނާ މެގް މަރިނިސް ގުޅިގެން ލިޔެ، ޕްރޮޑިއުސްކުރާ މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި އެލެން ޕޮމްޕެއޯ ވެސް ހިމެނެ އެވެ.
މި ސިރީޒް ރަސްމީކޮށް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް 2027 ވަނަ އަހަރުގެ މެދު ތެރޭގައި މިއަހަރުގެ މިޑް ސީޒަން ތެރޭގައި ޕްރިމިއާ ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި ޝޯގައި ބައިވެރިވާނެ ކާސްޓުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު އަސްލު "ގްރޭސް އެނަޓޮމީ" ސީރީޒްގެ ބައެއް މަޝްހޫރު މޫނުތައް މި ސިރީޒުން މަދު މަދުން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
މި އާ ސިރީޒްގެ ޒަރީއާއިން އާންމުންނަށް ސިއްހީ ފަރުވާ ލިބުމުގައި ދިމާވާ ގޮންޖެހުންތަކާއި ސިއްހީ ދާއިރާގެ ތަފާތު މަންޒަރުތަކެއް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް އުފެއްދުންތެރިން ފާހަގަކުރެ އެވެ.
މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މަގު ހެދުމަށް ޝުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް ބަންދު