އިންޑިއާގެ ތަމަލް ނާޑޫގެ ތޫތުކުޑީ ޑިސްޓްރިކްޓްގެ ތަރުވައިކުލާމް އަށް ނިސްބަތްވާ 24 މަސްވެރިން، ރާއްޖޭގެ ޖަލުން މިނިވަން ކޮށްފި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ. ތިން ދޯންޏެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހައްޔަރުކުރި މި މަސްވެރިން މިނިވަންވުމުން މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.
ތޫތުކުޑީގެ އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި މަސްވެރިން ރާއްޖޭގެ ކޯސްޓްގާޑުން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އޮފީހުން ހާމަކުރި ގޮތުގައި މަސްވެރިން ހައްޔަރުކުރީ އަރަބި ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާ ގުޅިގެންނެވެ. މިނިވަންކުރުމަށްފަހު އެ މީހުން ފޮނުވާލާފައިވަނީ ވައިގެ މަގުން ޓްރިވެންޑްރަމަށެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭގެ އިރުޝާދުގެ ދަށުން، އެ ސްޓޭޓްގެ ފިޝަރީޒް ޑިޕާޓްމަންޓުން ވަނީ އެއާޕޯޓުން މަސްވެރިންނާ ހަވާލުވެ، އެ މީހުންގެ އުފަން ރަށްތަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.
ތޫތުކުޑީ ޑިސްޓްރިކްޓް އިންފޮމޭޝަން އޮފީހުން ބުނި ގޮތުގައި، މި މަސްވެރިން މިނިވަންކުރުމަށްޓަކައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ޗީފް މިނިސްޓަރު ވިޖޭ މީގެ ކުރިން ވަނީ މި މައްސަލާގައި އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
އެގޮތުން އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި، ޑިޕްލޮމެޓިކް އުސޫލުން ރާއްޖެއާ ވާހަކަދައްކައިގެން މަސްވެރިންނާއި އެ މީހުންގެ ދޯނިތައް ވީހާވެސް އަވަހަކަށް މިނިވަންކޮށް، ރައްކާތެރިކަމާއެކު ގައުމަށް އަނބުރާ ގެނައުމުގެ މަގު ފަހިކޮށްދިނުމަށް އެދިވަޑައިގަތެވެ. ވިޖޭ ފާހަގަކުރެއްވި ގޮތުގައި މިކަމުގައި މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތުމަކީ ހާލުގައި ޖެހުނު އާއިލާތަކަށާއި މަސްވެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
އޮކްޓޫބަރު 13 ވަނަ ދުވަހު ރާއްޖޭގެ ކޯސްޓްގާޑުން މި މަސްވެރިން ހައްޔަރުކުރީ، ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ޖުމްލަ 4.80 ކްރޯޑް ރުޕީސް (7,897,058.40 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއެއް ކަނޑައަޅާފައި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ގައްޒާ ގަތުލުއާންމުގެ ތަހުގީގަށް ގޮވާލާ ޕެޓިޝަނުގައި 100،000 ސޮއި
ހަސީނާ އާ ޕާސްޕޯޓަކަށް އެދިވަޑައިގެންފި
އާރަމު ނިންޖަކަށް ރޭގަނޑު ކެއުމަށް އެންމެ ރަނގަޅު ކާނާ