ކާއެއްޗެއް އަގުބޮޑުވުމުގައި އެ ކާއެއްޗެއް ތައްޔާރުކުރަން ބޭނުންކުރާ ތަކެތި ބޮޑު ދައުރެއް އަދާކުރެ އެެވެ. މިފަހަރު މި ބަލާލަނީ ކާއެއްޗެހި ތައްޔާރުކުރަން ބޭނުންވާ އެންމެ އަގުބޮޑު ހަތަރު އިންގްރީޑިއެންޓާއި އެ އިންގްރިޑިއެންޓްތައް އަގުބޮޑުވާ ސަބަބުތަކަށެވެ.

ސެފްރޯން

ސެފްރޯން

ވަސްގަދަ މި ސްޕައިސް އަކީ ހިއްކާފައި ހުންނަ ކްރޮކަސް މަލުގެ ކަރުގަނޑުގައި ހުންނަ ނަރުވާ ތަކެވެ. މީގެ ކޮންމެ މަލެއްގައި ވެސް ހުންނާނީ ތިން ނަރުވާ އެވެ. އަދި މީގެއިން ކޮންމެ އެތިކޮޅެއް ވެސް ހިއްކުމަށް ނައްޓަން ޖެހޭނީ އަތުންނެވެ. ސެފްރޯންގެ ކުޑަ އެތިކޮޅެއްގެ ރަހަވެސް ވަރަށް ގަދަ ވާނެ އެވެ. އެހެން ނަމަވެސް 500 ކިލޯގްރާމްގެ ސެފްރޯން ލިބޭނީ ގާތްގަނޑަކަށް ފުޓުބޯޅަ ދަނޑެއް ވަރު ޖާގައެއް ފުރެންދެން ހުންނަ މަލުންނެވެ. ސެފްރޯން ހޯދުމަށްޓަކައި ކުރަންޖެހޭ ބުރަ މަސައްކަތުގެ ސަބަބުން ހަގީގަތުގައި އަގުބޮޑުވެގެން ޝަކުވާ ކުރެވޭނެ ޖާގައެއް ނެތެވެ.

ވެނީލާ

ވެނީލާ

ވެނީލާއަކީ އާންމުކޮށް އަހަރެމެން ކާބޯތަކެތީގައި ވަރަށް ގިނައިން އެކުލެވޭ ބާވަތެކެވެ. ވެނީލާ ލިބެނީ މެކްސިކޯ އާއި ގުއަޓެމާލާއަށް ނިސްބަތްވާ ވެނީލާ އޯކިޑު ކިޔާ ގަހަކުންނެވެ. މެކްސިކޯގެ އިތުރުން މި ގަސް އާންމުކޮށް އެންމެ ގިނައިން ހައްދާ އުޅެނީ އިންޑިނޭޝިއާ، ޗައިނާ އަދި މަޑަގަސްކަރައިގަ އެވެ. ވެނީލާ ހާއްސަވާ ސަބަބަކީ މި މާ ފަރިވަނީ ކޮންމެ އަހަރަކުވެސް ވަކި ގަޑިއރެއް ވަންދެން ކަމަށް ވުމެވެ. މި މަލުގެ ޕޮލިނޭޝަން ވަގުތު ކުޑަ އިރު، އާންމުކޮށް ވެނިލާ ގަހުގައި މާ އަޅާ އޭގެއިން ރަހަ އާއި ވަސް ލުމަށް ދެ އަހަރު ދުވަސް ނަގަ އެވެ.

ޓްރޫ ބެލްސެމިކް ވިނެގާ

ބެލްސެމިކް ވިނެގާ

އެސެޓޯ ބެލްސެމިކޯ ޓްރެޑިޒިއޮނަލް ނޫނީ ޓްރެޑިޝަނަލް ބެލެސެމިކް ވިނެގާ އަކީ ގާނޫނުން ހިމާޔަތް ލިބިގެންވާ އަދި އުފެއްދުމަށް 12 އަހަރު ނަގާ އެއްޗެކެވެ. މި ވިނެގާ ހެދުމަށްޓަކައި އިޓަލީގެ އެމީލިއާ ރޯމަގްނާ ކިޔާ ސަރަހައްދުގައި ހައްދާ ޓްރެބިއާނޯ އަދި ލަމްބްރޫޝޯ މޭބިސްކަދުރު ބޭނުންކުރެ އެވެ.

މާސުޓާކޭ މަޝްރޫމް

މާސުޓާކޭ މަޝްރޫމް

މި މަޝްރޫމަށް މަޓައިކޭ މަޝްރޫމޭވެސް ކކިޔަ އެވެ. އަދި މި ވައްތަރުގެ މަޝްރޫމުގެ އަގަކީ ކިލޯއަކަށް 4000 އެމެރިކާ ޑޮލަރެވެ. މިހާރު ނެތި ގޮސްދާނެ ކަމުގެ ބިރުހީވެފައިވާ މި މަޝްރޫމުގައި ހުންނަނީ ކުޅި ރަހައެއް އަދި މަހުގައި ހުންނަ ކަހަލަ ޓެކްސްޗާއެކެވެ. މި ވައްތަރުގެ މަޝްރޫމް ނޯތް އެމެރިކާ، ޔޫރަޕް އަދި އޭޝިއާގެ އެކި ހިސާބުތަކުގައި ހެދުނު ނަމަވެސް އެންމެ މަޝްހުރީ ޖަޕާނުގައި ހައްދާ މަޝްރޫމެވެ.