އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކު، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން ނިމުނު ސެޕްޓެމްބަރު މަހު އުނިކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަފުތަރުން 84 ބެލެނިވެރިންނާއެކު 154 ކުދިން ވަނީ ވަކިކޮށްފަ އެވެ. މިއީ އޯގަސްޓު މަހު އެ ދަފުތަރުން އުނިކުރި 39 ބެލެނިވެރިންނާއި 80 ކުދިންނާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ފޯރުކޮށްދޭ ދަފުތަރުން މިދިޔަ މަހު 22 އަންހެނުންނާއި 27 ފިރިހެނުން ވެސް ވަނީ އުނިކޮށްފަ އެވެ.
އެކަނިވެރި ބެލެނިވެރިންނަށް އެހީ ދިނުމުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ބެލެނިވެރިއަކަށް ކުއްޖަކަށް މަހަކު 1,000 ރުފިޔާ ލިބޭއިރު، އަހަރެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 36,000 ރުފިޔާ އެވެ.
އެންސްޕާއިން މި އެހީ ހުއްޓާލާ ސަބަބުތަކުގެ ތެރޭގައި އެހީ ލިބޭ މީހާ ކައިވެނިކުރުމާއި، ކުއްޖާއަށް 18 އަހަރު ފުރުން އަދި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ބެލެނިވެރިޔަކު މިނިވަންވުން ހިމެނެ އެވެ. އަދި އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމާއި، ވަރިކުރި މީހަކާ އެއް ގޭބީސީއެއްގައި ދިރިއުޅޭ ނަމަވެސް އެހީ މެދުކަނޑާލެވޭނެކަމަށް ގަވާއިދުގައިވެ އެވެ.
ސަމާލުވޭ! ފޯނާއި ލެޕްޓޮޕްގެ ސްކްރީން އަލިން ލޯތައް ހަލާކުވަނީ!
ސަލްމާންގެ ރަސްމީ ޔޫޓިއުބް ޗެނަލް އިފްތިތާހް ކޮށްފި
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!