ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން، އޭނާގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ގުނާލެވޭ ސަޕޯޓަރުންނާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި އާ ޑިޖިޓަލް ފިޔަވަޅެއް އަޅައިފި އެވެ.
އެގޮތުން ސަލްމާން މި ވަނީ "ބީންގް ދަ ސަލްމާން ޚާން"ގެ ނަމުގައި އޭނާގެ އަމިއްލަ ރަސްމީ ޔޫޓިއުބް ޗެނަލްއެއް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ.
މި ޗެނަލް އިފްތިތާހު ކުރިކަން އަންގައިދެމުން ސަލްމާން ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފަ އެވެ.
އޭނާގެ ޕޯސްޓުގައި "އާ ފެށުމަކުން އަލުން ފަށަމާތޯ" މިހެން ބުނެ ސަޕޯޓަރުންނަށް ދައުވަތު ދީފައިވެ އެވެ. މިއާއެކު އޭނާގެ ސަޕޯޓަރުން ވަނީ ކޮމެންޓް ސެކްޝަންގައި އުފާ ފާޅުކުރަން ފަށާފަ އެވެ.
މި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް "އޭ" އިން "ޒެޑް" އާ ހަމައަށް، އޭނާގެ ފިލްމީ ކެރިއަރާއި، ޒާތީ ދިރިއުޅުމުގެ ބައެއް ކަންތައްތަކާއި އަދި އާންމުކޮށް ފެނިގެން ނުދާ މަންޒަރުތައް ހިމެނޭ ތަފާތު ގިނަ ކޮންޓެންޓްތައް ފެނިގެންދާނެ ކަމަށް ސަލްމާން ވަނީ ހާމަކޮށްފަ އެވެ.
ޗެނަލް ހުޅުވާލުމާއެކު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެތައް މިލިއަން ބަޔަކު ވަނީ އެ ޗެނަލް ސަބްސްކްރައިބް ކޮށް ފައެވެ. ޗެނަލްގެ ފުރަތަމަ ކޮންޓެންޓްތަކުގެ ތެރޭގައި ސަލްމާންގެ ހާއްސަ އެކްޓިންގ ސްޓައިލާއި، ފިލްމުތަކުގެ ކެމެރާގެ ފުރަގަހުގެ ވީޑިއޯތަކާއި، އަދި އޭނާގެ މަޝްހޫރު ޑައިލޮގް ޑެލިވަރީތަކާ ގުޅޭ ވީޑިއޯތައް ވަނީ ހިއްސާ ކޮށްފަ އެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ މަޝްހޫރު ފަންނާނުން އަންނަނީ ޓްރެޑިޝަނަލް މީޑީއާގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.
އެގޮތުން ސަލްމާން ހާންގެ އިތުރުން އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ، އަދި ކާތިކް އާރްޔަން ފަދަ ތަރިންވެސް ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލްތައް މެދުވެރިކޮށް ސަޕޯޓަރުންނާ ގާތުން މައުލޫމާތު ހިއްސާ ކުރަން ފަށާފައެވެ.
ސަލްމާންގެ މި އިސްނެގުމާއެކު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ޕްރޮމޯޝަންތަކާއި އެކި އިވެންޓްތަކުގެ މައުލޫމާތު މި ޗެނަލުން ވަރަށް ފަސޭހައިން ފޭނުންނަށް ލިބިގެންދާނެ އެވެ.
އަމީތާބުގެ ޝަހްސީ ހައްގުތައް ހޯދަން ކޯޓަށް ހާޒިރުވާން އަމުރެއް!
ނާނާގެ މަރާއެކު އޭނާއަށް އަމާޒުކޮށް ތަނުޝްރީގެ ހޫނު ބަސްތަކެއް!