2016 ވަނަ އަހަރު ނުކުތް ފިލްމު "ކަޕޫރު އެންޑް ސަންސް" ކުޅެން ބޭނުންވެގެން ޑައިރެކްޓަ ޝަކުން ބަޓްރާއަށް ގުޅި ކަމަށް އަރުޖުން ކަޕޫރު އިންޓަވިއުއެއްގައި ބުނެފި އެވެ.
އަރުޖުން ބޭނުންވީ އެ ފިލްމުގައި ފަވާދް ޚާން ކުޅެފައިވާ ރޯލެވެ.
ކުލަބް ހައުސްގައި ވާހަކަދައްކަމުން އަރުޖުން ބުނެފައި ވަނީ ފަވާދްގެ ކުރިން ހަ ތަރިން އެރޯލް ކުޅުމަށް އިންކާރުކުރި ކަމަށާއި ޕުރޮޑިއުސަރު ކަރަން ޖޯހަރު ފިލްމު ނުހެދުމަށް ވެސް ނިންމި ކަމަށެވެ.
"އަހަރެންނަށް މިފިލްމު ހުށަހަޅާފައެއް ނުވޭ. ފިލްމުގެ ކާސްޓިންގެ މައްސަލައިގައި މަސައްކަތް ހުއްޓިފައި އޮތްވައި ފިލްމުގެ ވާހަކަ ކިޔާލާފައި އެ ބައި ކުޅޭ ހިތުން ގުޅީ ޝަކުންއަކީ ދަންނަ މީހަކަށް ވާތީވެ. މި ރޯލްއަކީ ޗެލެންޖިން ރޯލްއެއް ކަންވެސް އެނގޭ. ކާސްޓިންގެ ކަންތައް އޭރު އޮތީ މަޑުޖެހިފައި،" އަރުޖުން އިތުރަށް ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
އަރުޖުން ކަޕޫރުއަށް ރޯލް ނުދީ އަރުޖުން ކަޕޫރުގެ ނަން ބޭނުންކުރީ ކަމަށް ބުނެ އަދިވެސް ޝަކުންއަ ދިމާކުރާ ކަމަށް އަރުޖުން ބުންޏެވެ.
ސިދާތު މަލޯތުރާ، އާލިއާ ބަޓް، ފަވާދް ޚާން އަދި ރިޝީ ކަޕޫރު މުހިއްމު ބައިތަކުން ފެނިގެން ދިޔަ މި ފިލްމަކީ ކުރިޓިކްސް އާއި ބެލުންތެރިން ވެސް ބަލައިގެން ފިލްމެކެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރަނީ
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"