ޕްރިންސަސް ޑަޔާނާއާއި ޕްރިންސް ޗާލްސްގެ ކައިވެންޏަށް ސާޅީސް އަހަރު ފުރުނު ފަހުން، އެ ކައިވެނީގައި ބޭނުންކުރި ކޭކުގެ ފޮއްޗެއް ނީލަމުގައި 2،565 ޑޮލަރަށް ވިއްކާލައިފި އެވެ.

ޑަޔާނާގެ ކައިވެނީގައި ބެހި 23 ކޭކުފޮތީގެ ތެރެއިން އެއްފޮތި ކަމަށްވާ އެ ކޭކުކޮޅަކާ އައިސިން ބޭނުން ކޮށްގެން އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ނިޝާން ކުރަހާފައިވާ ކޭކުކޮޅެކެވެ.

މީގެ ސާޅީސް އަހަރު ކުރިން މި ކޭކުކޮޅު އެރުވުނީ ރާނީ އެލިޒަބަތުގެ މުވައްޒަފުންގެ ތެރެއިން އަރިސް މުވައްޒަފަކަށެވެ. މޯޔާ ސްމިތު ނަމަކަށް ކިޔާ އެމީހާ އެ ކޭކުކޮޅު ކުނި ނުވާނެ ހެން ރައްކާކޮށްފައި ބެހެއްޓި އެވެ.

މޯޔާގެ އާއިލާގެ ފަރާތުން 2008 ވަނަ އަހަރު އެ ކޭކުކޮޅު އިނގިރޭސިވިލާތުގެ ކަލެކްޓަރަކަށް ވިއްކާލި އެވެ. އެއަށްފަހު މުޅި ދުނިޔޭގެ އެކި ހިސާބުތަކުން އެ ކޭކުކޮޅު ގަންނަން އަގު ހުށައަޅަމުން ދިޔަ އެވެ. އެންމެ ފަހުން މި ދިޔަ ބުދަ ދުވަހު ކޭކުކޮޅު ވިއްކާލީ ގެރީ ލޭޓަން ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތަކަށެވެ.

ގެރީ ބުނިގޮތުގައި އޭނާގެ މިލްކިއްޔާތަށް މި އެއްވި ރަމްޒަކީ އޭނާ މަރުވުމަށްފަހު ސަދަގާތަށް ދޫކޮށްލެވޭނެ އެއްޗެކެވެ.