ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒްގެ ރޯލަކަށް ބަތަލާ ކުބްރާ ސައިތު ހަމަޖައްސައިފި އެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ކުބްރާ އަކީ މިދިޔަ އަހަރު ރިލީޒްކުރި ސައިފްގެ ފިލްމު "ޖަވާނި ޖާނެމަން" ގެ އިތުރުން ނެޓްފްލިކްސް އިން ގެނެސްދިން ސައިފްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ރޯލެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

https://www.instagram.com/p/CR2sGlPj-gw/

ނަން އަދި އިއުލާން ނުކުރާ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒަށް ކުބްރާ ސޮއިކުރި ނަމަވެސް އޭނާގެ ރޯލާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. މީގައި ޝާހިދާ އެކު ބަތަލާގެ ރޯލު ކުޅެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރާޝީ ކައްނާ އެވެ. މީގެ ކާސްޓްގައި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ.

https://www.instagram.com/p/CQv7Elzr16P/

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބަތަލު ވިޖޭ ސެތުޕަތީއަކީ ގިނަ ފިލްމުތަކުގައި ވިލެންއެއްގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލެކެވެ.

އޭނާއަށްވަނީ މިދިޔަ އަހަރު ބޭއްވި ސައުތު ފިލްމް ފެއަރ އެވޯޑްސްގެވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ލިބިފަ އެވެ.

ޝާހިދުގެ ސީރީޒް އަކީ މަނޯޖް ބަޖްޕާއީއާ އެކު އެމެޒޯންގެ "ދަ ފެމިލީ މޭން" ގެނެސްދިން ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ ސީރީޒެކެވެ.