ވައްކަންކުރިޔަސް، ލޫޓުވިޔަސް، ސަރުކާރަށް ނިސްބަތްވާނަމަ ރަނގަޅު ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތު މިނިސްޓަރުގެ އިތުރުން ދިހަ މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވުމުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާނުކޮށް އަނބުރާ ފޮނުވާލުމުން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ޚިޔާނާތްތެރިވެއްޖެ ކަމަށެވެ.
"އެމީހަކަށް ފެނުނު ގޮތަކަށް އުޅެންވީ. ވައްކަންކުރިޔަސް، ލޫޓުވިޔަސް،ސަރުކާރަށް ނިޞްބަތްވާނަމަ ރަނގަޅު. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް،" ކުރީގެ ނައިބު ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. ޖަމީލް ވިދާޅުވީ ސަރުކާރުން ބޭނުންވީމާ ކިތަންމެ ހަނިކޮށްވިޔަސް ދައުވާކުރެވޭ ކަމަށެވެ.
"މުޑުދާރު ވެރިކަމެއްކަމެއްކަން ގާއިމްވީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި
ވަގަށް ނެގި ވޯލްޑް ކަޕް ތަށި ހޯދި ގޮތް!
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
