ހަގީގީ ލޯތްބަކީ މުދަލާއި ޝާނާއި ޝައުކަތުގެ ބާރު ކަނޑުވާލާ އެއްޗެއް ކަމުގައި ބުނެ އުޅެ އެވެ. ހަގީގީ ލޯބި ވެވިއްޖެ ނަމަ މިދެންނެވި އެއްވެސް ކަމަކީ ތިބާގެ ލޯބި ހާސިލްކުރަން ހުރަސް އަޅާނެ ކަމެއް ނޫނެވެ.
އެކަމުގެ ލާމަސީލު ހެއްކެއް ދައްކައިދީފައި މިވަނީ ޖަޕާނުގެ ރަސްމަތިފުށުގެ ޒުވާން އަންހެން ކަނބަލެއް ކަމަށްވާ ޕްރިންސަސް މާކޯ އެވެ. ޕްރިންސަސް މާކޯ ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އާއްމު ފިރިހެނަކާ ކައިވެނި ކުރުމަށްޓަކައި ރަސްމަތިފުށުގެ ޝަރަފާއި މުދާ ދޫކޮށްލާފަ އެވެ.
ޖަޕާނުގެ ގާނޫނު އޮންނަ ގޮތުން އެގައުމުގެ ޝާހީ އާއިލާގެ މެމްބަރަކަށް އާއްމު ރައްޔިތަކާ ކައިވެނި ކުރެވޭނީ ޝާހީ ހުރިހާ ހައްގުތަކެއް ދޫކޮށްލުމުންނެވެ. އެހެންކަމުން މާކޯ ވަނީ 1.35 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަށް ނޫނެކޭ ބުނެފަ އެވެ.
އެމްޕެރާ އަކިހިޓޯގެ ކާފަ ދަރިކަނބަލެއް ކަމަށްވާ އުމުރުން 29 އަހަރުގެ މާކޯ އޭނާގެ ބައިވެރިޔާ ކެއި ކޮމޫރޯއާ ބައްދަލުވީ ކޮލެޖުންނެވެ. 2017 ވަނަ އަހަރު އެންގޭޖްވި އެ ދެމީހުންގެ ކައިވެނި މިހާތަނަށް ވެސް ލަސްވެފައި ވަނީ ކޮމޫރޯއާއި މާކޯގެ އާއިލާއާ ދެމެދު އޮތް ތަފާތުތަކެއްގެ ސަބަބުންނެވެ.
މާކޯ ޝާހީ އާއިލާ ދޫކޮށްލުމަށްފަހު އޭނާގެ ކައިވެނި ލަހެއް ނުވެ ބާއްވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ވެސް އެ ކައިވެނި އޮވެދާނެ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.
ލޯތްބަކީ އަނދިރި އެއްޗެއް މިއިން އެގިގެންދަނީ ޖަޕާނުގެ ޕްރިންސެސް އެއް މުދާ ދޫކޮށްފައި ލޯތްބަށްޓަކައި ވީ ގުރުބާނޭ ރާއްޖޭގެ އަންހެން ކުދިންގެ ފަރާތުން ވެސް މި މަންޒަރު ފެނުނު 80 އާއި 90 ގެ އަހަރު ތަކުގައި މިހާރު ނުފެނޭ މިހާރު ބޮޑަށް ބަލަނީ ގިނައިން ފައިސާ ލިބެނީ ކޮން ކުއްޖަކަށްތޭ އަދި ގޭގައި ނުކައްކާ ބޭރު ތެރެއިން ކައިގެން އުޅެވޭ ވަރަށް ޚަރަދުކުރެވޭނެ ފިރިހެނެއްތޭ ހިތާމަ ހުރި ކަމެއް މިކަން ރަނގަޅު ކުރެވޭނީ މަމެން ޕިންކީން ވެރިކަމަށް އައިސް ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ގޯއްޗެއްދީގެންނޭ...
ކޮބާ ތަމެންނަށް ފެނޭތަެ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ