މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 2:45 އާ ހަމައަށް، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ.
ފާއިތުވި ދުވަސްތަކަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަރަށް ހޫނުގަދަވި ދުވަސްތަކެކެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ހަފުތާގައި އިހުސާސް ކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް މި ހަފުތާގައި އިހުސާސް ކުރެވޭ ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިފައެވެ. އެގޮތުން ގިނަ ރަށްރަށަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.
ރާއްޖޭގެ ފިނިހޫނުމިނަށް އަސަރު ކުރަނީ ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ އެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިދިޔަ އޮގަސްޓް މަހު ވަނީ ބުނެފަ އެވެ.
"އެވެޓާ" ފަހަތަށް ޖައްސާލައި "އެވެންޖާސް: އެންޑްގޭމް" ކުރިއަށް!
އުފާވެރި ދިރިއުޅުމެއް ބޭނުންތަ؟ މި 8 އާދައަށް ސަމާލުވޭ!