ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެ ކޯޓުގެ އަންހެން ފަނޑިޔާރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އައްޔަން ކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ އެވެ. އޭގެ އިތުރުން ސ. ހުޅުދޫ، ހެޕީ ޑްރީމް، މުހައްމަދު މިސްބާހު ވެސް ވަނީ އެ ކޯޓުގެ ގާޒީ ކަމަށް އައްޔަން ކޮށްފަ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާ ދީބަނާޒް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއިން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރެއްވުމަށް ފަހު ނިއުޒިލޭންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން މާސްޓާސް އޮފް ލޯ ހާސިލު ކުރައްވައިވާފައިވާ ބޭފުޅެކެވެ.

މިސްބާހަކީ މިސްރުގެ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ބެޗެލާ އޮފް ލޯ ހާސިލު ކުރައްވާފައިވާ ގާނޫނީ ދާއިރާއިން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

އެ ދެ ބޭފުޅުން އައްޔަން ކުރުމާއެކު ކްރިމަނަލް ކޯޓުގައި މިހާރު ޖުމްލަ 11 ގާޒީން ތިއްބަވާނެ އެވެ.

މީގެކުރިން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލް، ގާޒީ ހަސަން ނަޖީބު މަގާމުން ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.