ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ޝާހިދު ކަޕޫރު ރާއްޖެ ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އޭނާގެ އަންހެނުން މީރާ ރާޖްޕުޓް އާއި ދެ ދަރިން ކަމަށްވާ މިޝާ ކަޕޫރާއި ޒައިން ކަޕޫރާއެކު އެވެ.

އިއްޔެ ރާއްޖެ އައި ފަހުން ޝާހިދާއި މީރާވެސް ވަނީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ރާއްޖޭގެ ޗުއްޓީގެ މަންޒަރުތަކެއް ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/CVAArOuLe1O/

ޝާހިދު، މީރާ އަދި ދެ ދަރީން ރާއްޖެ އައުމުގެ ކުރިން މުމްބާއީ އެއާޕޯޓުން އެމީހުން ފެންނަ ވީޑިއޯތަކެއް އިންޑިއާގެ މީޑިއާތަކުން ވަނީ މީގެ ކުރިން އާއްމުކޮށްފަ އެވެ.

https://www.instagram.com/p/CU-VLJMpo0z/

ޝާހިދުގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ "ޖާޒީ" އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 31 ގައި އެވެ.

މީގެ އިތުރުން ޝާހިދު ކަޕޫރު އެމެޒޮން ޕްރައިމް ވީޑިއޯގެ ވެބް ސީރީސްއެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ހަމަޖެހިފަ އެވެ.