އިންޑިއާގެ ނޭވީގައި ބޭނުންކުރަމުންދާ ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭނުންކުރުމާ ގުޅޭ އެއްބަސްވުމުގެ ތަފުސީލެއް ދެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިހެން ބުނެފައި ވަނީ އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ދިޔަރެސް ނޫހުގެ ފަރާތުން އެ މިނިސްޓްރީގައި އެދުމުން ދިން ޖަވާބުގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އެގްރީމެންޓްގެ ކޮޕީ ހޯދަން އެދުމުން ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ހޯދަން އެދުނު މައުލޫމާތަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތެއް ކަމަށެވެ.
ޑޯނިއާ މަތިންދާ ބޯޓު ދުއްވާ އިންޑިއާގެ ސިފައިން ހދ. ހަނިމާދޫގައި ގާއިމްވެ ތިބުމަށް 30 ގެ ކުއްޔަށް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިންޑިއާގެ ސިފައިން ތިބުމަށް ކުއްޔަށް ހިފާނެ ބައެއް ގެތައް މިހާރު ވަނީ ލިބިފަ އެވެ. އަދި އިތުރު ގެތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އައިސްފައިވާ ހީނަރުކަން ފޫބެއްދުމަށްޓަކައި 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕެއް ދިނުމަށް އެ ގައުމުން އެއްބަސްވީ އިންޑިއާ ގެ ޑޯނިއާ މަތިންދާ ބޯޓެއް އިންޑިއާ ސިފައިންނާއެކު ރާއްޖޭގައި އޮޕަރޭޓު ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވުމުންނެވެ.
މިވަގުތު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ސިފައިން ތިބިއިރު، އެ އެއްބަސްވުމުގެ ދަށުން މުއްދަތެއް ނެތް ގޮތަށް އިންޑިއާގެ ސިފައިން ހަނިމާދޫގައި ތިބޭނެ އެވެ.
އިންޑިއާގެ ސިފައިން ދާއިމަށް ރާއްޖޭގައި ބޭތިއްބުމަކީ އެ ގައުމުން ރާއްޖެ އަޅުވެތިކުރަން ކުރަމުންދާ މަކަރުވެރި ހީލަތްތެރި މަސައްކަތެއްގެ ފެށުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކަލޭމެން ނޫސްވެރިންނޭ ކިޔާފަ ރޮދިކެނޑިފަ ތިބި ބައެއްތަ. ގައުމުތަމުގެ އަސްކަރިއްޔާތަކާއި އެކި އެކި ފަރާތްތަކާއި ދެކެވޭ ހުރިހާ ވާހަކަތަކާއި އެއްބަސްވުންތައް އާއްމު ކުރަން ޖެހޭތަ. ކަލޭމެން ހީކުރަނީ ގަލަން ހިންގައިގެން ރޮނގު އެޅުނީމަ ނޫސްވެރިއަކަށް ވެވުނީކަމަށްތަ. ބަލަ ރޮދިންނޭ އެކަންވެސް ކުރެވޭނީ ކިޔަވައިގެން. ބިތާތަކާ. ދޭބަލަ ކިޔަވަން