އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މުނޫ ވަހާވަރު ރާއްޖެ ވަޑައިގެންފި އެވެ.
އޭނާ އަށް މިމަހުގެ 5 ވަނަ ދުވަހު ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި ހަވާލުކުރެއްވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އޮފީހުގެ މަސައްކަތްތައް މިއަދު ފަށްޓަވާނެ އެވެ. އެހެން ނަމަވެސް ރަސްމީ ގޮތުން މިކަން އިއުލާންކުރެވޭނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފަތްކޮޅު ހަވާލުކުރުމުންނެވެ،
މުނޫމަހާވަރު ސަފީރަކަށް ހަމަޖެއްސީ ކުރިން ސަފީރު ކަމުގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރުގެ ސަފީރު ކަމުގެ ދައުރު ހަމަވުމުންނެވެ. މުނޫ މަހާވަރަކީ އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މުނޫ މަހާވަރު އެންމެ ފަހުން ހުންނެވީ އިންޑިޔާއިން އޮމާނަށް ކަނޑައަޅާ ސަފީރުގެ މަގާމުގަ އެވެ.
ސުދީރުގެ ސަފީރުކަމުގެ ދައުރުގައި އޭނާ ވެފައި ވަނީ ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ ސަފީރުކަމުގަ އެވެ. އެގޮތުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު މިސަރުކާރުން ބަދަހި ކުރަމުންދާ ގުޅުމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނަނީ ވެސް ސުދީރު އެވެ.
އިންޑިޔާއިން ރާއްޖޭގައި ހަދަމުންދާ އެއްބަސްވުންތަކުގެ ދަށުން އެގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ބައިތިއްބަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުން ނެވެ.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް