އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު މުނު މަހާވަރު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެބައްދަލުކުރެއްވުމުގައި ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމާ ގުޅޭގޮތުންނާއި އަދި ޑިފެންސް ކޯޕަރޭޝަނާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށެވެ.

އިންޑިޔާއިން ރާއްޖޭގައި ހަދަމުންދާ އެއްބަސްވުންތަކުގެ ދަށުން އެގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ބައިތިއްބަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުން ނެވެ.

ސަފީރުކަމާ ހަވާލުވުމަށްފަހު މުނޫމަހާވަރު އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ވަޒީރަކީ މާރިޔާ އެވެ.