ޚަރްތޫމް (22 ޑިސެމްބަރު) - ސޫދާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ދެ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް އެގައުމުގެ އިދާރާތަކުުން ބުނެފި އެވެ.
އޭގެ އިތުރުން އިއްޔެ ރޭގެ ހަމަނުޖެހުންތަކާއެކު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ ދޭކަށް އަރާފަ އެވެ. މީގެ ކުރިން އާދީއްތަ ދުވަހު ވެސް ވަނީ މީހަކު މަރުވެފަ އެވެ.
ސޫދާނުގެ ޑޮކްޓަރުންގެ ކޮމެޓީއިން ބުނިގޮތުގައި އިއްޔެ މަރުވި 28 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ބޮލަށް ވަޒަނެއް އަރައިގެންނެވެ.
އާދީއްތަ ދުވަހުގެ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފަ އެވެ. މިކަމުގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާ ވެފައިވާ ކަމަށް ވެސް ރިޕޯޓު ކުރެވިފައިވެ އެވެ.
ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ސޫދާނުގައި ހިނގި ހަމަނުޖެހުންތަކުގައި ޖުމްލަ 47 މީހަކު ވަނީ މަރުވެފައިވާ ކަމަށް އެ ކޮމެޓީއިން ބުނެފައިވެ އެވެ.
އިިއްޔެ ރޭޕް ކުރެވުނު ދެ އަންހެނުންގެ ތެރެއިން އެކަކު އިދާރާތަކުގައި މައްސަލަ ރިޕޯޓްކުރި އިރު ދެވަނަ މީހާ ވަނީ ގާނޫނީ ފިޔަވަޅު އަޅަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ހޯމަ ދުވަހު އަސްކަރިއްޔާއިން ވަނީ 2023 ވަނަ އަހަރު ފުރިހަމަ މިނިވަން އިންތިޚާބަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ