ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވި މައްސަލައަކާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ފާސްޓް ފުޑް ކުންފުނި މެކްޑޮނަލްޑްސް އިން ޖަޕާނުގައި ހިންގާ ރެސްޓޯރަންޓްތަކުން ފްރެންޗް ފްރައިސްގެ ދަތިކަން ކުރިމަތިވެއްޖެ އެވެ.
އެ ގައުމުގައި ހިންގާ ރެސްޓޯރަންޓްތަކަށް އަލުވި ސަޕްލައިކުރާ ކުންފުނިން ބުނެފައި ވަނީ އެ ކުންފުނީގެ މަޝްހޫރު ފްރެންޗް ފްރައިސް ހެދުމަށް ބޭނުންކުރާ އަލުވި ޝިޕްމަންޓްތައް ލިބުން ލަސްވެފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހުކުރު ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ޖަޕާނުގައި ވިއްކަނީ ހަމައެކަނި ފްރެންޗް ފްރައިސްގެ ކުދި ޕޯޝަންތަކެވެ.
"މެކްޑޮނަލްޑްސް ޖަޕާނުން މެދު އަދި ބޮޑެތި ސައިޒުގެ ފްރެންޗް ފްރައިސް ވިއްކުން ވަގުތީ ގޮތުން ލިމިޓް ކުރުމުގެ ގޮތުން ދުރާލާ ފިޔަވަޅު އަޅަން ނިންމީ ކަސްޓަމަރުންނަށް މެކްޑޮނަލްޑްގެ ފްރެންޗް ފްރައިސްއަށް މީރުކޮށް ކެއުމުގައި ދެމިތިއްބެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން. ކަސްޓަމަރުންނަށް އަދިވެސް އަޅުގަނޑުމެންގެ ހުރިހާ ރެސްޓޯރެންޓެއްގައި ކުދި ސައިޒުގެ ފްރެންޗް ފްރައިސް އޯޑަރު ކުރެވޭނެ. މިއަދާ ހަމައަށް ވެސް ސަޕްލައިއަށް އެއްވެސް މެދުކެނޑުމެއް ނާދޭ،" އެ ކުންފުނިން ބީބީސީއަށް ބުންޏެވެ.
މެކްޑޮނަލްޑްސް އިން ބުނި ގޮތުގައި އާންމު ގޮތެއްގައި އެ ރެސްޓޯރަންޓްތަކަށް ބޭނުންވާ އަލުވި އެތެރެ ކުރަނީ ކެނެޑާގެ ވެންކޫވާ ކައިރީގައި އޮންނަ ބަނދަރަކުންނެވެ.
އެ ކުންފުންޏަށް މުދާ އުފުލާ ބޯޓުތަކަށް ދަތުރުކުރުން ލަސްވެފައި ވަނީ ފެންބޮޑުވުމުން ލިބުނު ގެއްލުންތަކާއި، ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުންނެވެ. އަދި ވައިގެ މަގުން ވެސް ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ ޖަޕާނުގައި މެކްޑޮނަލްޑްސްގެ ބައިތައް ޑައުންސައިޒް ކުރަން މަޖުބޫރުވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް އެމެރިކާގެ ހުޅަނގު އައްސޭރީގައި 29 ބަނދަރެއްގައި 20،000 ޑޮކްވޯކަރުންނާއި ޓާމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކާ ދެމެދު ދިގުދެމިގެންދިޔަ ސިނާއީ ދެބަސްވުމެއްގެ ސަބަބުން ފްރެންޗް ފްރައިސް ލިބުން މަދުވި އެވެ. -- ބީބީސީ