މާލޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެއްސައިކަލް ކޮންޓްރޯލް ނުވެ ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑެއްގައި ޖެހިއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސަބްދެރިއާ މަގުގަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ފިހާރައިގެ ބިއްލޫރި ގަނޑުގައި ޖެހުނު ސައިކަލްގެ އެއްބައި އޮތީ ފިހާރަ ތެރެއަށް ވަދެފަ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެ އެވެ.
ނިއުމޯނިއާ: އާދައިގެ މޫސުމީ ރޯގާއެއް ކަމަށް އަޅާނުލާ ނުހުރޭ!
ބިސްގަނޑެއް އަޅަން މީ މާރަނގަޅު ގޮތެއް!
ރޮބާޓް ޑައުނީ ޖޫނިއާ އެމްސީޔޫއަށް އެނބުރި އައި ސަބަބު!
