އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާ ގޮތުގެ ނަޒާހަތްތެރިކަމާމެދު ޑޮނަލްޑް ޓްރަމްޕް ސުވާލުއުފައްދަވައި، ޕޯލްތައް ބަންދުކުރުމުން ލޯޔަރުން ނެރެން ޖެހިއްޖެ ނަމަ ނެރޭނެ ކަމުގެ އިންޒާރު ޑޮނާލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް އިހްތިހާބުވެ ވަޑައިގަތުމަށް ޓްރަމްޕް ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު މުހިއްމު ކައުންޓީއެއްގައި ޑްރައިވް-ތްރޫގައި ލާފައިވާ 127،000 ވޯޓު ބާތިލް ކުރުމަށް އެދި ރިޕަބްލިކަންސް އިން ވަނީ ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.
އިންތިހާބު ނިމުމުގެ ކުރިން ޓްރަމްޕް ހޮވިވަޑައިގަތްކަން އިއުލާނުކޮށްފާނެ ކަމުގެ ބިރު އުފެދިފައިވާ އިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން އާއި ޓްރަމްޕް ވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކުގެ އެންމެ ފަހު ބުރުގައި ގަދަޔަށް ކެމްޕެއިން ކުރައްވަމުންނެވެ.
އެމެރިކާގެ ގައުމީ ޕޯލްތަކުން ދައްކާގޮތުން ކުޑަ ތަފާތަކާއެކީ މި އިންތިހާބުގެ ކުރީގައި އުޅުއްވަނީ ޖޯ ބައިޑެން އެވެ.
އިންތިހާބު ފެށުނީއްސުރެ ޓްރަމްޕް ވިދާޅުވަމުން އައިސްފައިވަނީ މި އިންތިހާބަކީ އޭނާއާއި ދެކޮޅަށް ކުރިއަށްދާ އިންތިހާބެއް ކަމާއި މެއިލް-އިން ވޯޓިން ކޮރަޕްޓުވެފައިވާ ކަމަށެވެ. އަދި ސުލްހަވެރިކަމާއި އެކު ވެރިކަން ބަދަލުވެދާނެ ކަމުގެ ޔަގީންކަން ދިނުމަށްވަނީ ދެކޮޅު ހަދާފަ އެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ނުފެނޭ
