ނ. އަތޮޅު މަނަދޫ ބަނދަރަށް ކައިރިކުރި ސިޔާމް ވޯލްޑް ރިސޯޓްގެ ލޯންޗެއްގެ ތިބި މީހުންނަށް ވަޅިން ބިރުދައްކައި ފޭރިގަނެފި އެވެ.
މަނަދޫއަށް ކައިރިކުރި ސަން ސިޔާމްގެ އެ ލޯންޗުގެ ފަޅުވެރިންނާއި ކައްޕިއާއެކު ޖުމްލަ ހަތަރު މީހުން ތިއްބެވެ. އަދި އެ ލޯންޗް ފޭރުނީ އެއަށް އަރައި ތޫނު އެއްޗެހިން ބިރުދައްކައިގެންނެވެ.
މަނަދޫ މީހަކު ބުނީ ތޫނު އެއްޗެއް ހިނގައިގެން ލޯންޗަށް އެރި މީހާ ހުރީ މޫނު ނިވާ ކޮށްގެން ކަމަށެވެ. އަދި އޭނާ ލޯންޗަށް އެރިއިރު ލޯންޗްގައި ތިބީ ކައްޕި އާއި ފަޅުވެރިން ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ލޯންޗް ފޭރިގަނެގެން ފުރައިގެން ދިޔަ ފަހުން ފުލުހުން ވަނީ އެހެން ލޯންޗެއްގައި ގޮސް އެ މީހާ ހައްޔަރުކޮށްފައި ކަމަށެވެ.
ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު މޫދަށް އެއްލާލައިފި
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ

ކޮބާހޭ ސީ.ޕީ، ހޯމް މިނިސްޓަރު، ޕީޖީ، މީތޯ ތި ކުރި ހުވައިގައި ބުނާ ސަލާމަތާ ރައްކާތެރި ކަމަކީ. އެއްގަމާ ކަނޑުން ފޭރެނީ.
މިމީހާ ވެސް ވާނީ ސިކުނޑި މައްސަލަ ހުރިކަމައް