މާލޭގެ ފިހާރަޔަކަށް ވަދެ ވައްކަން ކުރި ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.

ފިހާރަޔަށް ވަދެ ވައްކަން ކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނެކެވެ. އަދި އެ ދެމީހުން ވަނީ ފިހާރައަށް ވަނުމަށްފަހުގައި ފިހާރާގައި އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކާފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއެކު އެތައް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ރިކޯޑު ވެސް އޮންނަ މީހެކެވެ. އެހެން ނަމަވެސް އޭނާ އެ ފިހާރައިން ވައްކަން ކުރީ ވައްކަން ކުރި ތަކެތި ވިއްކައިގެން ބަނޑު ފުރާނަ މުއްތިކުރުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ބިދޭސީ މީހާގެ ގައިގައި އޭނާ އަތްލީ އަމިއްލަ ނަފްސު ދިފާއުކުރުމަށް ކަމަށެވެ.

އެ ދެމީހުން ބަންދަށް ދުވަސް ނުޖަހައި ދޫކޮށްލުމަށް އެދުނުނަމަވެސް މައްސަލަ ބެލި ގާޒީ ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.