ކައިލީ ޖެނާ އޭނާގެ ދެވަނަ ދަރިފުޅު ވިހައިފިކަމުގެ ހަބަރުތައް ފެތުރެން ފަށައިފި އެވެ.

ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓްއަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.

ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް ދަރިފުޅަށްޓަކައި އަބަދުވެސް ދެ މީހުން އެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދެ އެވެ.

މި ދެ މީހުން އަލުން ޑޭޓްކުރަމުންދާ ކަމުގެ ހަބަރުތައް އާއްމު ވުމަށްފަހު އަނެއްކާވެސް ކައިލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ވަނީ ހާމަވެފަ އެވެ. އަދި އޭނާގެ ދެވަނަ ދަރިފުޅު މިމަހު ވިހާނެ ކަމަށް ލަފާކުރާއިރު، ޓްރެވިސް ބާކާގެ އިންސްޓަގްރާމުން ކައިލީގެ ދެވަނަ ދަރިފުޅު މިހާރު ވިހިކަމުގެ ބޮޑު އިޝާރާތެއް ލިބިފައިވާ ކަމަށް ފޭނުން ލަފާކޮށްފައިވެ އެވެ.

ކާޑޭޝިއަން އާއިލާގައި އަލަށް އުފަންވި ކުއްޖެއް ނެތް ކަމާއި، ބަނޑުބޮޑު މީހަކު ނެތްކަން ފާހަގަކޮށް ފޭނުން ބުނީ ޓްރެވިސް ބާކާ އާންމުކުރި ފޮޓޯއިން ފެންނަ ބުއްފުޅިއަކީ ކައިލީގެ ދެވަނަ ދަރިފުޅުގެ ބުއްފުޅި ކަމަށެވެ.

އެނޫންނަމަ ދިގުކޮށް ނިޔަފަތި ބަހައްޓަން ލޯބިކުރާ ކައިލީގެ ނިޔަފަތިތައް ކޮށާފައިވަނީ ވެސް އެވަރުގެ ކުއްޖަކު ގެންގުޅޭތީ ކަމަށާއި، ދާދި ފަހުން ކުރި ދަތުރެއްގައި ފޮޓޯގްރާފަރުންނަށް ފިލުމަށްޓަކައި ފޮތިގަނޑަކުން ކައިލީ ފޮރުވިކަން ވެސް ހެކިދޭ ކަމަށް ފޭނުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ސްޓޯމީ ވިހޭކަން ފޭނުންނަށް ސިއްރުކޮށްފައިވާއިރު، ގިނަ ބަޔަކު ބުނާގޮތުގައި އެފަދައިން ކައިލީ ވަނީ އޭނާގެ ދެވަނަ ދަރިފުޅު ވިހެއިކަންވެސް ސިއްރުކޮށްފަ އެވެ. މަދުވެގެން ހަތަރު ދަރިން ހޯދުމަށް ބޭނުންވާކަމަށް ކައިލީ ބުނެފައިވެ އެވެ.