އިންޑިއާއަށް ދިޔަ ދިވެއްސަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
މައުލޫމާތުލިބޭގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ދިޔަ ބ. އޭދަފުށްޓަށް ނިސްބްތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ އެވެ. އަދި އޭނާ އިންޑިއާއަށް ދިޔައީ ބޭސް ފަރުވާއަށް ކަމަށްވެ އެވެ.
އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައިވާއިރު، އޭދަފުށި ކައުންސިލުން ވަނީ މީޑިއާތަކަށް މިކަން ކަށަވަރުކޮށްދީފަ އެވެ. މި މައްސަލައިގައި ރަޝީދާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ޖަހާފަ އެވެ.
މައުލޫމާތުލިބޭ ގޮތުން، ރަޝީދާ ހައްޔަރުކޮށްފައިވަނީ މީގެ ކުރިން އިންޑިއާގެ ބަޔަކު ރަޝީދާއަށް ފޮނުވި ޕާރުސަލެއްގައި މަސްތުވާތަކެތި ހުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެމައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މާފަހުންކަމަށް އެރަށުގެ ރައްޔިތުން މީޑިއާތަކަށް މައުލޫމާތުދީފައިވެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަހެއް ބުނެފައެއް ނުވެ އެވެ.
ބިރުދައްކައިގެން ސޮއި ހޯދުމުގެ ގެއްލުން އޮތީ ސަރުކާރަށް: ނަޝީދު
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި
އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބީއެމްއެލް
