އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ކާޖަލް އަގަރްވާލް އާއި އޭނާގެ ލޯބިވެރިޔާ ގޯތަމް ކިޗްލޫ ކައިވެނިކޮށްފައި ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން މުމްބާއީގަ އެވެ. ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްވަންދެން އުޅެފައިވާ މި ތަރިން ކައިވެނި ކުރާނެ ކަމަށް ރިޕޯޓުތައް ބުނަމުން އައި ނަމަވެސް އެ ދެމީހުންވެސް އެކަން ކަށަވަރެެއް ނުކޮށްދެ އެވެ.
ކައިވެނިކުރަން އުޅޭކަންވެސް އިއުލާނުކޮށްފައިވަނީ ކައިވެންޏަށް މަދު ދުވަސްކޮޅަކަަށް ވެފައިވަނިކޮށެވެ. ކައިވެނީގެ ހަފްލާތަކުގައި ކާޖަލް ފެނިގެންދިޔައީ ވަރަށްވެސް ޗާލުކޮށެވެ. އަދި މިހާރު ހަނީމޫންގައި ވެސް ފެނިގެންދަނީ ހަމަ އެހާ ޗާލުކޮށެވެ.
ކާޖަލް އާއި އޭނާގެ ފިރިމީހާ ޗުއްޓި ހޭދަކުރަމުންދަނީ ރާއްޖޭގެ ކޮންރާޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގަ އެވެ. މި ރިސޯޓުގައި ނަގާފައިވާ ސަޅި ފޮޓޯތައް ކާޖަލް ދަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުންނެވެ.
މިދުވަސްކޮޅު އިންޑިއާގެ މިފަދަ އެތައް ތަރިންނެއް ރާއްޖޭގެ އެކި ރިސޯޓުތަކުގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.