ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި އާމިރު ޚާން އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯއާ ވަކިވާން ޖެހުނު ސަބަބު ކިޔައިދީފި އެވެ.

އާމިރު ބުނިގޮތުގައި އޭނާއާ އޭނާގެ އަންހެނުން ވެސް އެކަކު އަނެކަކަށް އިހުތިރާމުކޮށް، ލޯބިވެ އެވެ. ހަމައެހެންމެ، ލޯބީގެ ގޮތުން ނޫނަސް ދެ މީހަކަށް ގުޅުން ބޭއްވިދާނެ ކަމަށާއި، އާމިރާއި ކިރަންގެ ގުޅުމަކީ، ލޯތްބައް ވުރެ މާ ރަހުމަތްތެރި ގުޅުމަކަށްވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނާ ގޮތުގައި ކައިވެނިކޮށްފައިވާ ދެމީހުން ވަކިވާންޖެހުމަކީ އެ ދެމީހުން ރުޅިއައިސްގެން ތިބެންޖެހޭ ކަމެއް ނޫނެވެ. ހަމައެހެންމެ އެކަކު އަނެކަކު ނިންމާ ނިންމުންތަކަށް ގަދަރު ކުރަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އާމިރު ބުނިގޮތުގައި އޭނާގެ އަންހެނުންނާއި ވަކިވީ، ކައިވެންޏަށް ކުރާ ގަދަރުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އާމިރު އޭނާގެ ދެވަނަ އަނބިމީހާ ކިރަން ރާއޯ ވަރިކުރި ހަބަރު ވެގެންދިޔައީ ބޮލީވުޑްގެ އެންމެން ވެސް ސިއްސުވާލި ހަބަރަކަށެވެ.

އެ ދެމީހުން 2005 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ސަޕޯޓަރުން ސިފަކުރަނީ އެއީ ހަގީގަތުގައި ވެސް ވަރަށް ގުޅޭ ދެ ފަންނާނުން ކަމަށެވެ. އެހެން ނަމަވެސް ކައިވެނި ނިމުމަކަށް ގެނައުމަށް ފަހު އާމިރު ވަނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ހަބަރު މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

އާމިރު ކައިވެނިކުރާނެ ކަމުގެ ހަބަރު ދިން ނަމަވެސް، އޭނާގެ ލޯބިވެރިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޭނުން މިހާރު ވަނީ އެއީ ފާތިމާ ސަނާ ޝެއިޚްކަން ދެނެގަނެފަ އެވެ.