"ސީރިއަސް މައްސަލަތަކެއް" ދިމާވެ މެދުކަނޑާލި ޗައިނާގެ ވެކްސިން ޓެސްޓްތައް ބްރެޒިލްގައި އަލުން ފެށުމަށް އެގައުމުގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފި އެވެ.

މީގެ ދެ ދުވަސްކުރިން އެންވިސާއިން ވެކްސިންގެ ޓެސްޓްތައް މެދުކަނޑާލިކަމަށް ވަނީ ވޮލެންޓިއަރަކު މަރުވުމުން ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެ އިންސްޓިޓިއުޓްގެ ވެރިޔާ ބުނެފައިވާ ގޮތުގައި އެ މީހާ މަރުވެފައި ވަނީ ވެކްސިންގެ ސަބަބުންނެއް ނޫނެވެ.

މިކަމާ ގުޅިގެން އެންވިސާއިން ނެރުނު ބަޔާނެއްގައި ވާ ގޮތުން ވެކްސިންގެ ޓެސްޓްތައް އަލުން ފެށުމަށް ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް ވަނީ ހޯދާފަ އެވެ.

"ވެކްސިންގެ ޓެސްޓްތައް ސަސްޕެންޑް ކުރުމުން އޭގެ މާނައެއް ނޫން އެ ޓެސްޓް ކުރެވޭ ޕްރޮޑަކްޓަކި ކޮލިޓީ ދަށް އަދި ރައްކާތެރި އެއްޗެއް ކަމަށް،" އެ ބަޔާނުގައި ވެ އެވެ.

ވެކްސިންގެ ބޮޑެތި ޓެސްޓްތައް ހުއްޓާލަން ޖެހުމަކީ އާންމުކަމެކެވެ. އެ ގޮތުން މީގެ ކުރިން އެސްޓްރަޒެނެކާ އާއި ޖޯންސަން އެންޑް ޖޯންސަން ގެ ވެކްސިން ޓެސްޓްތައް ވަނީ މެދުކަނޑާލުމަށް ފަހު އަލުން ފަށާފަ އެވެ.