ޕާކިސްތާން ހައި ކޮމިޝަނުން ސ. ހިތަދޫގެ ނޫރާނީ ސްކޫލަށް ޓީވީ ހަދިޔާކޮށްފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން ވަނީ ނޫރާނީ ސްކޫލްގެ ކްލާސްރޫމްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި އެ ސްކޫލަށް ބޭނުންވާ ހަ ޓީވީއެއް ހަދިޔާކޮށްފަ އެވެ.
އެގޮތުން އެ ސްކޫލްގެ ކްލާސްތައް ޑިޖިޓަލައިޒް ކުރުމަށް ޕާކިސްތާން ހައިކޮމިޝަނުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި، ނޫރާނީ ސްކޫލުން ވަނީ ޕާކިސްތާނުން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެޑްމިރަލް އެތީރް މުޚްތާރަށް ޝުކުރު އަދާކޮށްފަ އެވެ.
އެކަން ފާހަގަކުރަމުން ސްކޫލުން ބުނީ، ކްލާސްތައް ޑިޖިޓަލައިޒް ކުރުމަށް ލިބިފައިވާ ޓީވީތައް މެދުވެރިކޮށް، ސްކޫލްގައި ކިޔަވައިދޭ ދަރިވަރުންނަށް ކިޔަވައިދިނުން އިތުރަށް ފުރިހަމަ ވެގެންދާނެކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލަކީ، ރާއްޖޭގައި އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އެސްކޫލް ހުޅުވާފައިވަނީ 1971 ވަނަ އަހަރުގަ އެވެ.
 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
			އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					