މީރާ ރާޖްޕޫތް އާއި ޝާހިދް ކަޕޫރްއަކީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ.

އެދެމަފިރިންގެ ވީޑިއޯތައް އާންމުންނާއި ހިއްސާކުރާއިރު، އާންމުން ޝާހިދާއި މީރާ ސިފަކުރަނީ، އެކަކަކު އަނެކަކާ އެންމެ ގުޅޭ ޖޯޑެއްގެ ގޮތުގަ އެވެ.

އެގޮތުން އަނެއްކާ ވެސް ޝާހިދު ވަނީ އޭނާގެ އަންހެނުން މީރާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯގައި ދެމީހުން ކާރުގައި ދަތުރުކުރާ މަންޒަރު ފެންނައިރު، ޝާހިދު ވަނީ މީރާ އަދަބުވެސް އޭނާގެ ފޯނާ ކުޅެން އިންނަކަން ފާހަގަކުރުމުގެ ގޮތުން "ފޯނާ ކައިވެނި ކޮށްފައި" ކަމަށް ވީޑިއޯގެ ކެޕްޝަންގައި ޖަހާފަ އެވެ.

https://www.instagram.com/p/CbfWxSIlSGq/

ޝާހިދާއި މީރާ ކައިވެނި ކުރީ 2015 ވަނަ އަހަރުގެ ޖުލައި ހަތް ވަނަ ދުވަހު އެވެ.

ކައިވެނި ކުރި ދުވަސްކޮޅު މީރާއަށް ގިނަ ބައެއްގެ ފާޑިކިޔުން އަމާޒުވި ނަމަވެސް ގިނަ ބަޔަކަށް މިހާރު ވަނީ މީރާގެ މިޒާޖާއި، އުޅުން ކަމުގޮސްފަ އެވެ. އާންމުން އޭރު މީރާއަށް ފާޑުކީ، ޝާހިދު، ފިލްމީ އިންޑަސްޓްރީގެ ބޭރުން މީރާއާ ކައިވެނި ކުރުމުންނެވެ.