އެފްއެސްއެމްގެ ހުޅުމާލެ ޝެޑުން އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތް ދޭން ނިންމައިފި އެވެ.
އެފްއެސްއެމްގެ "އީޒީ ފިލް" ޝެޑްތަކުގެ ތެރެއިން މިވަގުތު ހިދުމަތް ދެނީ މާލޭގެ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑުން އެކަންޏެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ ސަބަބުން ތެލުގެ ހިދުމަތް ހޯދާ ފަރާތްތަކަަށް ލުއި ފަސޭހަކޮށް ދިނުމަށް ހުޅުމާލޭގައި ހުންނަ ޝެޑުން އަންނަ ރޯދަ މަހުގެ ފުރަތަމަަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.
ހުޅުމާލޭގެ އާބާދީ ލައްކައަށް ވުރެ ބޮޑުވިއިރު، މިވަގުތު ހިދުމަތް ދޭން ހުންނަނީ އެންމެ ދެ ޝެޑެވެ. އެއީ އެފްއެސްއެމްގެ އިތުރުން ވިލާ ހަކަތައިން ހިންގާ ޝެޑެވެ.
މެމްބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ހަމައެއް ނެތް
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!