ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާނެ ގަޑިތައް އާންމުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރޯދަ މަހު މަޖިލީހުގެ ގަޑިތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި، ރޯދަ މަހު މަޖިލީހުގެ ފުރަތަމަ ދަންދަޅި ކުރިއަށް ދާނީ ހެނދުނު 10:30 އިން 12 އަށެވެ. އަދި އެއް ގަޑިއިރުގެ މެދު ކެނޑުމަކަށް ފަހު، ދެވަނަ ދަންފަޅި ބާއްވާނީ މެންދުރު ފަހު 1:00 އިން 2:00 ޖެހުމާއި ހަމައަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު އިތުރަަށް ވިދާޅުވީ، މަޖިލިސް މެމްބަރުން ނަމާދުގެ ގަޑިތަކަށްވެސް ބަދަލު ގެނައުމަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ މެމްބަރުން އެއްފަހަރާ ނަމާދަށް ވަޑައިގަންނަވާނަމަ މައްސަލަ ދިމާވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

"ނަމަވެސް މަޖިލީހުގެ 87 މެމްބަރުން އެއްފަހަރާ ވަޑައިގެންފިނަމަ، މައްސަލަ ދިމާވާނެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާ އަކީ ރޯދަ މަހުގެ ކުރިން ބާއްވާ އެންމެ ފަހު ޖަލްސާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.