މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
އެ ފްލައިޓް އިމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ލ. ކައްދޫ އެއާޕޯޓަށް މިރޭ ޖައްސަން އުޅެނިކޮށް، އެ ފްލައިޓްގެ ލޭންޑިން ގިއަރު ތާށިވުމުން އެނބުރި އައިސް އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ކައްދޫ އެއާޕޯޓުގައި ޖެއްސުމަށް ލޭންޑިން ގިއަރު ހުޅުވަން އުޅުމުން ނުހުޅުވުނު ކަމަށެވެ. އެހެންވެ މިރޭ 8:00 ހާއިރު އިމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ލޭންޑިން ގިއަރު ތާށިވުން ފިޔަވައި, އިތުރު މައްސަލައެއް އެ އެ ފްލައިޓަށް ދިމާވެފައެއް ނުވެ އެވެ.
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް
ނަފްސާނީ އެހީއަށް އޭއައި: ފުރާވަރު ކުދިންނަށް ބޮޑު ނުރައްކަލެއް!
