ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ފަސޭހަކަމާއެކު ގޭހަށް އޯޑަރު ކުރެވޭ ގޮތް ހަމަަޖައްސައިފި އެވެ.
ވިލާ ގޭސް ބޭނުންކުރާ ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މި ލިންކުން މެދުވެރިކޮށް ގޭސް މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މޯބައިލް އެޕް މެދުވެރިކޮށް ދޭ އޯޑަރުތައް އިތުބާރާއި އަވަސްކަމާއި ރައްކާތެރިކަމާއެކު ޑެލިވަރީކޮށްދޭނެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކައްކާ ގޭހުގެ ވިޔަފާރިކުރާ ވިލާ ހަކަތައިން ބުނީ، ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެ ގޮތަށް ކަމަށެވެ. އަދި ގޭސްފުޅި ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިލާ ގޭސް އަކީ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ.
ވިލާ ގޭސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އަދި މި ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީއާއި ޑެޑިކޭޓެޑް ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗާއަކާއެކު، ވިލާ ގޭސް ވެފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.
ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ.
ވިލާ ހަކަތަ އަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.