ހަތް ރަށެއްގައި ޓޫރިސްޓް ރިސޯތް ތަރައްގީކުރަން ކުންފުނިތަކަކާ ހަވާލުކޮށްފި އެވެ.

މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލި 21 ރަށުގެ ތެރޭގައި ހިމެނޭ ހަތް ރަށެކެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ ރަށްތަކާއި އެރަށްތަކަށް ހުށަހަޅާފައިވާ ލީސް އެކުއިޒިޝަން ކޯސްޓު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަގުތައް އިއުލާނުކޮށްފަ އެވެ.

އެވޯޑް ކުރި ރަށްތަކާއި އެކަމުގެ ތަފްސީލް

ހއ. އަލިދުއްފަރުފިނޮޅު، އެކުއިޒިޝަން ކޯސްޓު:390،000 ޑޮލަރު، ޓްރެއިނިން ފަންޑު:7،000 ޑޮލަރު

މ. ސީދިހުރާ، އެކުއިޒިޝަން ކޯސްޓު:1,599,999 ޑޮލަރު، ޓްރެއިނިން ފަންޑު:120،000 ޑޮލަރު

ފ. އެނބުލުފުށި، އެކުއިޒިޝަން ކޯސްޓު:3،601،155 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު

ފ. ޖިންނަތުގައު، އެކުއިޒިޝަން ކޯސްޓު:2,021,121 ޑޮލަރު، ޓްރެއިނިން ފަންޑު:200،121 ޑޮލަރު

ގއ. ފުނަދޫވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު

ގދ. ކަނޑަހަލަކަލަ، އެކުއިޒިޝަން ކޯސްޓު:2،800،000 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު

ގއ. ފެރޭތަވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު

އެ ރަށްތަކުގައި ރިސޯޓް ހެދުމަށް ހަވާލުކުރި ކުންފުނިތަކުން އެކުއިޒިޝަން ކޯސްޓާއި، ޓްރެއިނިން ފަންޑުގެ 50 ޕަސެންޓް ދެއްކުމަަށާއި، އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓު ހެދުމަށް 60 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބިޑު ލިބިފައިވަނީ ޖުމްލަ ނުވަ ރަށަކަށް ކަމަށެވެ. ބައެއް ބަދަލުތަކާއެކު މިފަހަރު ބިޑު ނުލިބުނު ރަށްތައް އަލުން ބިޑަށް ހުޅުވާލަން މިހާރު ވަނީ ނިންމާފަ އެވެ.