ރޯދަ މަހަކީ ގިނަ ވަގުތު ނުކައި ތިބޭ މަހަކަށް ވިޔަސް މަސް ނިމޭއިރު ގިނަފަހަރަށް އޮންނަނީ ބަރުދަން އިތުރުވެފަ އެވެ. މި ލިޔުމުގައި މިބަލާލަނީ ރޯދަ މަހު އިތުރުވި ބަރުދަން ލުއިކޮށްލެވޭނެ ދެތިން ގޮތަކަށެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްނުލުން
ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލާ ވަރަށް ގިނަ މީހުން އުޅެ އެވެ. މިއީ ކެލޮރީސް މަދުކޮށްލަން ކަމަށް ބުނެ ކުރާކަމަކަށް ވާއިރު އޭގެ ސަބަބުން ދެން ދުވާލުގެ އެކި ގަޑި ގަޑީގައި މާ ގިނައިން ކެލޮރީސް ކެވޭގޮތްވެ އެވެ.
ހަމަ ނިދި ނިދުން
ކަސްރަތު ކުރުމާއި އެއްވަރަށް ނިދި ހަމަކުރުމަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ފަހުން އަނެއްކާ ވެސް ބަރުދަން އިތުރުވުމުން ދުރުކޮށްދޭނެ ކަމަކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަމަ ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 އިންސައްތަ ބޮޑެވެ.
ގިނައިން ފައިބާ އެކުލެވޭ ކާނާ ކެއުން
ބަރުދަން ލުއި ކުރުމަށްޓަކާ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ކާނާ ކެއުން މުހިންމެވެ. ފައިބާ ހިމެނޭ ކާއެއްޗެހި ކެއުމުން ގިނައިރު ބަނޑުހައިނުވެ ހުރެ އެވެ. މީގެ ސަބަބުން ކެވޭ ވަރު މަދުވެ ބަރުދަން ލުއި ކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.
ގިނައިން ފެންބުއިން
ދުވާލެއްގެ މައްޗަށް 0.5 ލީޓަރުގެ ފެން ބޯ ނަމަ ތި ބާން ކުރެވޭ ކެލޮރީސްގެ އަދަދު 24-30 އިންސައްތައާއި ހަމައަށް އިތުރުވެގެން ދެ އެވެ. މީގެ އިތުރުން ކެއުމުގެ ކުރިން ފެންތައްޓެއް ބޯނަމަ ކެލޮރީސް ކެވޭ ވަރު މަދުވާނެ އެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކެއުމުގެ ބައިގަޑި އިރު ކުރިން ފެންބޯ މީހުންގެ ބަރުދަން ލުއިވާ މިންވަރު ތިން މަސްތެރޭގައި 44 އިންސައްތަ އިތުރުވެފައިވެ އެވެ.