ވިލިމާލޭގެ ގެއެއްގެ ފާހާނާ ތެރޭގައި އަންހެނަކު ކައިވެނިން ބޭރުން ވިހެއި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އުމުރުން 37 އަހަރުގެ މި އަންހެން މީހާ ކައިވެނިން ބޭރުން ވިހާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުންނެވެ.
މި ހާދިސާ ހިނގި ގޮތް ބެލުމަށް ފުލުހުން ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ ވަނީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމަށް ބުނެ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި އެހީތެރިކަމަށް އެދިފަ އެވެ. އެ ކޯލާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ވަގުތުން އެ ގެއަށް ގޮސް، ވިހެއި މައިމީހާއާއި އަލަށް އުފަންވި ތުއްތު ދަރިފުޅު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލިބެލުމުން، އެ އަންހެން މީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ހޮސްޕިޓަލުގައި އެ ކުއްޖާ ވިއްސި ނަމަވެސް، އުފަންވިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ހާމަކުރެ އެވެ.
މި ހާދިސާގައި ވިހާފައިވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގޭގެ ފާހާނާ ތެރެއަށް ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުންގެ އިދާރާއިން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
25 އަހަރަށްފަހު ރީކޯ އެނބުރި އަންނަ "ކީއްވެ" މިރޭ ޕްރިމިއާ ކުރަނީ
ޖުޑީޝަލް ކައުންސިލެއް ހަދައި ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ދެނީ
ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި